ads
ރޭގެ މުޒާހަރާ ރުޅާލުމުގެ ތެރޭގައި ފުލުހުން ޒުވާނަކު ހިފަހައްޓަނީ
ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލީ މިއަދު އޯލެވެލް އޮންނާތީ: ފުލުހުން
މާލޭގައި ޒުވާނުން ކުރަމުން ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރުޅާލީ މިއަދު ގިނަ އަދަދެއްގެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަން ދާންޖެހޭތީކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާ ރޭ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، ދެ ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ. 

މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައިއެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރިއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މައި މަގު މަޖީދީމަގުގައި ދުއްވާ އުޅަނދު ފަހަރަށް އެ މަގު ބަންދުވާގޮތަށް  ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާތައް މެދުނުކެނޑި ފުލުހުންނަށް ލިބެމުންދާކަމަށެވެ. 

your imageރޭގެ މުޒާހަރާ ރުޅާލުމުގެ ތެރޭގައި ފުލުހުން ޒުވާނަކު ހިފަހައްޓަނީ 

މި އިހްތިޖާޖުގައި މަޖީދީމަގު ފަދަ މުހިއްމު މަގެއް ދަތުރުފަތުރަށް ބަންދުވާގޮތަށްް މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާއްމު މަސްލަހަތާއި ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިޔުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެކަމަށެވެ. 

ފުލުހުން ބުނީ ރޭގެ މުޒާހަރާ ރުޅާލީ މިއަދަކީ ޖީސީއީ އޯލެވެލް އިމްތިހާނު އޮންނަ ދުވަހަކަށްވާތީ ދަރިވަރުންގެ ތައުލީމީ މަސްހަތަށް ރިއާޔަތްކުރުމަށް ފަހުކަމަށެވެ. 

" މިއަދަކީ ޖިސީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއިއެކު އެކި ރޭ މަތިން ން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދިނުމަށްފަހު މިރޭ ވާނީ އެ ހަރަކާތްތައް އެއްވުން ރޫޅާލާފައި. މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތައުލީމީ މސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށްފަހު." ދިވެހި ފުލުހުން ނެތރުނު ބަޔާނުގައިވެެއެވެ.

މާލޭގައި ޒުވާނުން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ރޫޅާލާ ޒުވާނުންތަކެއް ހައްޔަރުުކުރީ ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށްގެންކަމަށާއި ހައްޔަރުކުރި ކުރި ޒުވާނުން ދޫކޮށްލަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ވަނީ ގޮވާލަެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް