ads
ޒުވ|ާނުންގެ މުޒާހަރާއިން ޒުވާނަކު ރޭ ހައްޔަރުކުރަނީ
ސަރުކާރު ވައުދާ ހިލާފުވެއްޖެ، ހައްޔަރުކުރި ޒުވާނުން ދޫކޮށްލާ: އަޒާން
މާލޭގައި ޒުވާނުން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ރޫޅާލާ ޒުވާނުންތަކެއް ހައްޔަރުުކުރީ ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށްގެންކަމަށާއި ހައްޔަރުކުރި ކުރި ޒުވާނުން ދޫކޮށްލަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ގޮވާލައްވައިފިއެވެ.
Advertisement

މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާއަކީ މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ މުޒާހަރާއެކެވެ.  

ރޭގެ މުޒާހަރާ ހިނގަމުންދަނިކޮށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައި އެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރިއެވެ. 

މިކަމާއި ގުޅިގެން ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ވަނީ ސަރުކާރަށް ފާޑުވިދާޅުުވެ ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން ގޮވާލާފައެވެ. އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި ވެރިކަމުގައި ވެސް ސުލްޙަވެރި އިހުތިޖާޖުތައް ހުއްޓުވަން ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އެ އިހުތިޖާޖުތައް ހުއްޓުވިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު އާއި އެކަން ނުކުރަން ވައުދުވެގެންކަމަށާއި އެހެންނަމަވެސް ސަރުކާރު ވައުދާ ހިލާފުވެފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ. 

" މިއަދުގެ ސަރުކާރުން ވެރިކަމަށް އައީ އެކަން ބަދަލުކުރަން ވައުދުވަމުން، އެހެނަސް މިފެންނަނީ ފުލުހުން ނިކުމެ ހަރުކަށި ކަމާއި އެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން. މިއީ ކަންބޮޑުވާ ކަމެއް! ." އަޒާން އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

އަޒާން ވިދާޅުވީ ޒުވާނުން ކުރަމުންދިޔައީ ސުލްހަވެރރި މުޒާހަރާއެއް ކަމަށާއި ފުލުހުން އެ މުޒާހަރާ ރޫޅާލީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެންކަށެވެ.

"ސުލްހްވެރިކަމާއި އެކު އިހުތިޖާޖުކުރުމަކީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް! މިރޭގެ މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ޒުވާނުން ދޫކޮށްލުމަށް ގޮވާލަން." ސަރުކާރަށް ފާޑު ވިދާޅުވެ އަޒާން ކުރި ޕޯސްޓްގައިވެއެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާތަކަށް ފުލުހުން ކުރިން ފުރުސަތު ދިން ނަމަވެސް ރޭ 12 ޖަހަން އުޅެނިކޮށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާފައެވެ. އަދި މުޒާހަރާ ލީޑު ކުރާ ދެ ޒުވާނަކު ވަރަށް އަނިޔާވެރިކޮށް ފުލުހުން ގެންދިޔަ މަންޒަރުވަނީ ފެނިފައެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވިއިރު، އެ މައްސަލަ ރައީސް އުފެއްދެވި ކޮމިޝަނަކުން އަންނަނީ ބަލަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް