ads
2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގައި އިމްރާން އަބްދުﷲ
2015ގެ މޭ މޭޑޭ އިހުތިޖާޖުތަކުގެ މަންޒަރު އަލުން ފެނިދާނެ: އިމްރާން
ދެހާސް ފަނަރަވަނަ އަހަރުގެ މޭ ޑޭ އިހުތިޖާޖުތަކުގެ މަންޒަރު އަލުން ފެނިދާނެކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
Advertisement

އިމްރާން މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖޭގެ ރައްޔިތުން ނިކަމެތިވެ، ގައުމު ހާލުގައި ޖެހެންދާ ވަގުތުގައި، ސަލާމަތްތެރިކަން ހޯދޭނީ ރައްޔިތުން ގުޅިގެން ނިކުމެ އެ ހާލަތު ބަދަލު ކުރަން މަސައްކަތް ކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިމްރާން ވިދާޅުވީ، ގިނަ ބައެއްގެ ބައިވެރިވުމާއެކު ހެޔޮ ވެރިކަމެއް އުފައްދަން 2018 ވަނަ އަހަރު ފުރުސަތު ލިބުނީ، 2015 ވަނަ އަހަރުގެ މޭ ޑޭ އިން ފެށިގެން ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއިން ކަމަށެވެ. އިމްރާން ވިދާޅުވީ އެ ދުވަހާއި، އޭގެ ފަހުން ހިންގި ހަރަކާތްތަކުގެ ބައިވެރިންނަށް އަދިވެސް މަރުހަބާ ދަންނަވައި، ޝުކުރު ދަންނަވާ ކަމަށެވެ.

"ދިވެހި ގައުމުގެ ހައްގުގައި އަނެއްކާވެސް އެފަދަ އިހުތިޖާޖުތަކެއް ފެންނަން ޖެހޭ ހިސާބަށް ކަންކަން ދާކަމުގެ އިހުސާސް ކުރެވޭ ކަމަށް،" އިމްރާން ވިދާޅުވިއެވެ.

މީގެ ކުރިން 2015 ވަނަ އަހަރު މޭ ޑޭގެ ނަމުގައި ބޭއްވި ބޮޑު އެއްވުން އިންތިޒާމު ކުރުމުގައި އިސްކޮށް އިމްރާން އުޅުނެވެ. އޭރު އިމްރާން ވަނީ ހައްޔަރުކޮށް، ޖަލަށްވެސް ލައިފައެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވަނީ އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް