ads
ރައީސް ޑރ. މުއިއްޒު، ޔޫކޭގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާއި އެކު
ސްޓޫޑެންޓް ލޯނު 500 ފުރުސަތަށް: 1300 އަށްވުރެ ގިނަ އެޕްލިކޭޝަން
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ މިނިސްޓްރީން މިއަހަރު ހުޅުވާލި 500 ސްޓޫޑެންޓް ލޯނު ފުރުސަތަށް 1300 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިދިޔަ މާޗު މަހު ހުޅުވާލި މި ފުރުސަތުގެ އެޕްލިކޭޝަން މުއްދަތު ހަމަވެފައިވަނީ އޭޕްރިލް 30 ގައެވެ.

މިނިސްޓްރީން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހާމަކުރިގޮތުގައި ޖުމްލަ 1338 އެޕްލިކޭޝަން ލިބިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 913 އާ އެޕްލިކޭޝަނާއި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޓޮޕް-އަޕްގެ ގޮތުގައި ހުށަހެޅި 259 އެޕްލިކޭޝަނެވެ. މިހާތަނަށް 646 އެޕްލިކޭޝަން ރިވިއުކޮށްފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި އަހަރުގެ ލޯނު ސްކީމުގައި ހައިލީ ޓެކްނިކަލް ދާއިރާތަކަށް އިސްކަންދޭކަމަށާއި، ލޯނުގެ ދެބައިކުޅަ އެއްބައި މި ދާއިރާތަކަށް ޚާއްސަކޮށްފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ. މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ޚާއްސަ ސަމާލުކަމެއް ދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މި ލޯނުތަކުން އިންޓްރެސްޓާއި އެޑްމިނިސްޓްރޭޓިވް ފީ ނުނަގާގޮތަށް ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް