ads
އުރީދޫގެ އުމްރާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫގެ އުމްރާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކޮށްފައިވާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ހަދިޔާކުރާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.
Advertisement

މި ޕްރޮމޯޝަންގެ ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔާއަކީ އަހުމަދު ސައްދާމް ކަމަށް އުރީދޫއިން އިއުލާންކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޖުމުލަ 19 އުމްރާ ދަތުރު ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ހަދިޔާކުރެވޭނެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަން ޖެހެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަން ޖެހެއެވެ.

އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށްވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް