ads
އައްޑު ސިޓީ ހިތަދޫ - ފޮޓޯ: އަލީ އިބުރާހިމް
އައްޑޫ ސިޓީއަށް ޑިޖިޓަލް ގޭޓެއް ހަދަނީ
އައްޑޫ ސިޓީގެ މަލަމަތި ޒީނަތްތެރިކުރުމަށް ޑިޖިޓަލް ގޭޓެއް ޑިޒައިންކޮށް، ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ކައުންސިލުން އިއުލާންކޮށްފިއެވެ.
Advertisement

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށް އައްޑޫ ކައުންސިލުން ބުނީއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މެއި 4 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2025 މޭ 08 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީއެއް ގޮތުގައި 300 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 15,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫ ކައުންސިލުން ވިދާޅުވީ ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫއެސްޑޮލަރުން ހުށަހެޅިދާނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަސް ކަމަށާއި، މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތުގެ ތަފްސީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށް ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް