
އެ ތިން ދާއިރާއަކީ ފިޒިއޮތެރަޕީ، އޮކޭޝަނަލް ތެރަޕީ އަދި ސްޕީޗް އެންޑް ސްވަލޯ ތެރަޕީއެވެ. މި ހިދުމަތްތަކަކީ އުފެދުމުގައި ހުންނަ ބައްޔެއްގެ ސަބަބުން ނުވަތަ ކުރިމަތިވާ ބޮޑު ބަލިމަޑުކަމެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ހަރަކާތްތެރިވެ އުޅުމަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދޭ ފަރުވާތަކެކެވެ.
ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުއްލާ ނާޒިމް އާއި އެ މިނިސްޓްރީގެ އިސްވެރިން އަދި ރާއްޖޭގެ ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ބައިވެރިވެފައިވެއެވެ.
"މިއޮޓް" ރިހެބިލިޓޭޝަން ސެންޓަރުގެ ހިދުމަތްތަކަށް އާސަންދަ ލިބޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެތަނުން ޓެލެމެޑިސިންގެ ޒަރީއާއިން މިއޮޓް ހޮސްޕިޓަލްގެ ޓީމުން ބަލިމީހުންގެ ރަނގަޅު ޑައިގްނޯސިސްއެއް ނެތް ނަމަ، އެ ޑައިގްނޯސިސް ހަދައި ދޭނެއެވެ. ޑރ. ޕްރިތުވީ ވިދާޅުވީ ރާއްޖޭގައި ހުޅުވި ސެންޓަރު، ރާއްޖޭގެ ބޭނުންތައް ދެނެގަނެ، އެ ބޭނުންތައް ފުރިހަމަވާނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރަމުން ދާނެ ކަމަށެވެ. މިއޮޓް ރިހެބިލިޓޭޝަން ސެންޓަރު ހުންނަނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގައެވެ.