
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ކުރީގައި އޮތް ނުރައްކާތެރި މާހައުލުގެ ތެރެއިން ކުރެވުނު މަސައްކަތްތައް މިއަދު ހަނދާން ކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގުތިސާދެއް ބިނާކުރުމަށްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި އެކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީ ސަރުކާރުގައި ވަނީ މަސައްކަތްތެރިންނަށް ލިބިދޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. މި އެއްވުމަކީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރުމަށާއި، ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަމުންދާ ކަމަށް ބުނާ އަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވޭ އެއްވުމެކެވެ.