
މި އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ. މެޓް އޮފީހުން ބުނީ މިއަދު މެންދުރު ފަހު 2:30 އިން މިރޭ 7:30 އާ ހަމައަށް މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މިއަދު އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި މި ވަގުތުތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަނޑުތައް ގަދަވާނެކަން ފާހަގަކޮށް، ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ އެއް ފޫޓާއި ތިން ފޫޓާއި ދެމެދުގައެވެ. މިފަދަ ހާލަތްތަކުގައި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.