ads
ހުރާއިން އަތުލައިގެން ބިދޭސީން މާލެ ގެންނަ ލޯންޗަށް އަރުވަނީ
ބިދޭސީންގެ ބަޔޯމެޓްރިކް އަޕްޑޭޓް ނުކުރާ މީހުން އާދިއްތަ ދުވަހުން ފެށިގެން ބްލެޮކް ކުރަނީ
ބިދޭސީންގެ ބަޔޯމެޓްރިކް އަޕްޑޭޓް ނުކުރާ މީހުން އާދިއްތަ ދުވަހުން ފެށިގެން ބްލޮކް ކުރަން ފަށާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ބިދޭސީންނަށް ވަޒީފާ ދިނުމަށްފަހު އިހުމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާނެކަންވެސް ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ބިދޭސީން ގާނޫނާ ގަވާއިދުގެ ތެރެއަށް ގެނައުމަށް މިދިޔަ އަހަރުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެއްލައްކަ ފަންސާސް ހާސް ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާކަމަށް ވިދާޅުވިއެވެ. ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާކަން ފާހަގަކުރައްވާ މިނިސްޓަރު އިހްސާން ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ.

"ބިދޭސީންނާ ގުޅޭ ގާނޫނުތައް އެތައް އަހަރެއް ވަންދެން ތަންފީޒް ނުވެ ހުރެ މިހާރު ގާނޫނުތައް ތަންފީޒް ކުރަމުން މިދަނީ. ތަންފީޒް ކުރަމުންދާ ވަރަކަށް ބިދޭސީންގެ ހައްގުތައް ކަށަވަރުވެ ރާއްޖޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ. 

އަމާޒަކީ 3 އަހަރުދުވަހުގެތެރޭގައި ބިދޭސީންގެ މިމައްސަލައަށް ހައްލުގެނައުން ކަމަށާއި، މިކަން ހާސިލްކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހަފްތާ ނިމުމަށްފަހު ގަވާއިދާ ހިލާފަށް ވިސާ ފީ ނުދައްކާ ފަރާތްތައް ހޯދުމަށްފަހު ޑީޕޯޓްކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްގެންދަވާނެކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް