
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މުސާރައިގެ އެއްހަމަކަމަކީ ރާއްޖެއަށް މިއަދު ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ މަސައްކަތްތެރިންނަށް ގާނޫނުއަސާސީއާއި ގަނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ހައްގުތައް ކަށަވަރުކުރުމުގެ މުހިންމުކަމާއި، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ އަސާސީ ހައްގުތައް ޔަގީންކުރެވެންޖެހޭ ކަމަށެވެ. އަދި އުޖޫރައިގެ ހަމަހަމަކަމާ މިނިވަންކަމަށް ގޮވާލަމުން ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ހީވާގި މަސައްކަތްތެރިންނަށް ފޮނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ އެއްވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ މަސައްކަތްތެރިންގެ ހައްގުތަކަށް އަލިއަޅުވާލައި، އެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާ ދުވަހެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.