
ސަފިއްޔާ މުހައްމަދު އަދި އިބްރާހީމް ރަޝީދު
ޑްރަގާއެކު ހައްޔަރުކުރި ދެ ލޯބިވެރިންގެ ތެރެއިން އަންހެން މީހާ ދޫކޮށްލައިފި
އަހުމަދު ހަސަން
01 މޭ 2025 - 14:34:14
މަސްތުވާތަކެއްޗާއެކު މާލޭން، މިދިޔަ މަހު ފަހުކޮޅު ހައްޔަރު ކުރި ދެ ލޯބިވެރިންގެ ތެރެއިން އަންހެން މީހާ ދޫކޮށްލައިފިއެވެ.
މަސްތުވާތަކެއްޗާއެކު މާލޭން ހައްޔަރު ކުރި ދެ ލޯބިވެރިންނަކީ، ޏ. ފުވައްމަލުކު މިސްކިތްމަގު، ކުދިމާގެ ސަފިއްޔާ މުހައްމަދު އަދި އޭނާގެ ލޯބިވެރިޔާ، ސ. ހިތަދޫ އަދުނީ، އިބްރާހީމް ރަޝީދުއެވެ.
މި ދެ މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފިރިހެން މީހާގެ ބަންދަށް 15 ދުވަސް، އަދި އަންހެން މީހާގެ ބަންދަށް ހަތް ދުވަސްވަނީ ޖަހާފައެވެ. އަންހެން މީހާގެ ބަންދަށް ޖެހި ހަތް ދުވަހުގެ މުއްދަތު ހަމަވަގެން، އަލުން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ އޭނާ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
މި ދެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި ދެ މީހުން އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނެވެ. މަސްތުވާތަކެތި ފެނުނީ މި ދެ މީހުން ދުއްވި ސައިކަލުންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް