ads
ޑްރަގު ވިއްކައިގެން ހޯދި ފައިސާތައް. މި ވަނީ ފުލުހުން އަތުލައިފައި
ޑްރަގު ވިއްކައިގެން ހޯދި ފައިސާތަކެއް ފުލުހުން އަތުލައިފި
ޑްރަގާއި ގިނަ އަދަދެއްގެ ފައިސާއާއި އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. ޑްރަގު ވިއްކައިގެން ހޯދި ފައިސާތަކެއް ފުލުހުން އަތުލައިފި
Advertisement

ފުލުހުން ބުނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓް ނަންބަރު 04-ޖީ-10 އުމުރުން 48 އަހަރުގެ އަލީ އަބްދުﷲ އާއި ދ. ކުޑަހުވަދޫ / އުނިމާގެ އުމުރުން 28 އަހަރުގެ އަމާނަތު ޖަލީލްއެވެ. 

މި ދެމީހުން  ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ 6:52 އެހައިކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވަމަށް ފަހުކަމަށްވެސް ފުލުހހުން ބުނެއެވެ.

your imageޑްރަގާއި އެކު އަތުލައިގެން ދެ މީހުން

މި ދެ މީހުންނާއި އެމީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނޭކަމަށް ފުލުހުން ބުނެއެވެ. 

މީގެ އިތުރުން، ދެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40,515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެެއެވެ.

 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް