ads
ފުލުހުން އާންމުކުރި ހައްވާ ޔުމްނު ރަޝީދުގެ ފޮޓޯ
ޔުމްނުގެ ކަރު އޮތީ ބިނދިފަ, އަނިޔާތަކުގެ ތަފްސީލު ހާމަކޮށްފި
މިދިޔަ މަހު މާލޭގައި ހުންނަ ގުދަނެއްގެ ފުރާޅުމަތިން ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ކަރު ބިދިފައިވާކަން ހާމަވެއްޖެއެވެ.
Advertisement

މިކަން ހާމަވެފައިވަނީ އޭނާ މެލޭޝިއާގައި އިތުރު ފަރުވާ ހޯދަމުން ދަނިކޮށް، އެނާގެ އާއިލާގެ ފަރާތުން އޭނާގެ ބޭބެއެއް މިކަން ހާމަކުރުމުންނެވެ.

ފުލުހުން ބުނާގޮތުން ޔުމްނު ވެއްޓުނުކަމަށް ބެލެވެނީ ހ. ފެންޓޯނިއާ ގޭގެ 9 ވަނަ ބުރިންނެވެ.

ބުދަ ދުވަހު ވަނީ ޔުމްނުގެ ކަރުގެ ސާޖަރީއެއް ހަދާފައެވެ. މިއީ ވަރަށް ނުރައްކާތެރި ސާޖަރީއެއް ކަމަށާއި، ނަމަވެސް ސާޖަރީ ކާމިޔާބުވެފައިވާކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފައިވެއެވެ. 

މިއީ ޔުމްނު ކުރި އެންމެ ނުރައްކާތެރި ސާޖަރީ ކަމަށާއި، މިފަދަ އިތުރު ސާޖަރީއެއް ދެން ކުރަން ނުޖެހޭނެކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ވެސް އާއިލާއިން ބުނެއެވެ.

ޔުމްނުގެ ކަރު ބިނދުމުގެ އިތުރުން، އުކުޅުވަޅާއި، ފަލަ މަސްގަނޑަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި އެނާގެ މޭގެ ކަށިތައްވެސް ވަނީ ބިނދިފައެވެ. 

your imageޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވަނީ: 

 

ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން ބުދަ ދުވަހު ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. މީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ޔުމްމު ވެއްޓުނު މައްސަލައިގައި، އޭނާގެ ތަހުގީގު ފުރިހަމަށްއަށް ނުގެންދާކަމަށް ބުނެ ޒުވަނުންގެ ގިނަ ބަޔަކު އަންނަނީ ކޮންމެ ރެއަކަކު މޭލޭ ހެންވޭރުގައި ހުންނަ ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތައް ކުރިއަށް ދަނިކޮށް މި މައްސަލައިގައި އަމަލުކޮށްފައިވާގޮތް ބަލައި، މުޅި މައްސަލަ ތަހުގީގުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފައެވެ. 

މި މައްސަލައިގައި ތަހުގީގުކުރަން އެފްބީއައި ފަދަ ބޭރުގެ ތަހުގީގީ އިދާރާއެއްގެ އެހީތެރިކަން ހޯދުމަށް ކޮމިޝަނުން އަންނަނީ ވާހަކަދައްކަމުންނެވެ. 

15%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް