ads
ހުރާ ސްކޫލް މިސްކިތުގައި އެ ސްކޫލްގެ ދަރިވަރުންތަކެއް
ހުރާގައި ހާފިޒަކަށް ވާ ކޮންމެ މީހަކަށް ދޮޅު ލައްކަ ރުފިޔާގެ އިނާމެއް
ހުރާގައި ހާފިޒަކަށް ވާ ކޮންމެ މީހަކަށް ދޮޅު ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
Advertisement

މިއީ ރަށުގައި ހާފިޒުން އުފެއްދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ. މިހާތަނަށް ރަށުގައި އެއްވެސް ހާފިޒަކު ނެތުމާ ގުޅިގެން، ހާފިޒުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ހުރާ ކައުންސިލް މެމްބަރު ހަސަން ފިރާޝް ވިދާޅުވި ގޮތުގައި، ރަށުގައި ހާފިޒެއް ނެތުމާއެކު ގުރުއާން ކުލާސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި، އެ ކުލާސްތަކުން ހާފިޒުކަން ހާސިލުކުރާ ފަރާތްތަކަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ދޭނެ ކަމަށެވެ. އަދި ހުރާގެ ކޮންމެ ރައްޔިތަކު ވެސް ވަކިވަކިން ސަނަދު ހާސިލު ކުރިޔަސް ހަމަ އެވަރަށް އިނާމު ދޭނެ ކަމަށް ފިރާޝް ވިދާޅުވިއެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، ކައުންސިލުގެ އަމާޒަކީ ރަށުގައި ގިނަ ހާފިޒުން އުފެއްދުން ކަމަށްވެސް ފިރާޝް ވިދާޅުވިއެވެ.

ކައުންސިލުން މިހާރު ވަނީ ގުރުއާން ކުލާސް ހިންގާނެ ތަނެއް ތައްޔާރުކޮށް ނިންމާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަމްރީނު ދޭނެ ޓީޗަރުން ހޯދުމުގެ މަސައްކަތް ކަމަށް ފިރާޝް ވިދާޅުވިއެވެ. މި މަސައްކަތަކީ ރާއްޖޭގައި ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިފައިވާ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 1,000 ހާފިޒުން އުފެއްދުމެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ތިބީ 266 ހާފިޒުންނެވެ. މީގެ ތެރޭގައި ހިމެނެނީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް