
އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ.
އއ. ބޮޑުފޮޅުދޫގައި މިހާތު ބޭނުންކުރަމުން އަންނަ އިންޖީނުގެ ހުންނަނީ ރަށުގެ ސްކޫލާއި އިންވެގެންނެވެ. އެހެންކަމުން އިންޖީނުގޭގެ އަޑާއި ދުމުގެ ސަބަބުން ސްކޫލްގެ ދަރިވަރުން ބޮޑެތި ތަކްލީފުތަެއްކުރިމަތިވެފައިވާކަމަށް އެރަށޫ ރައްޔިތުން ބުނެއެވެ. މީގެއިރުން ބޮޑު ފުޅަދޫ އިންޖީނު ގެއަކީ ޖާގައިގެ ގޮތުންވެސް ކުޑަތަނެއްކަމަށް ރަށު ރައްޔިތުން ބުނެއެވެ.
އއ. ބޮޑުފޮޅުދޫ. ފޮޓޯ: ޝުޖާއު އާދަމް
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަކަށް އާ އިންޖީނުގޭ މަސައްކަތް ނިންމާ މިހާރު އިންޖީނުގެ އެތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރުންކަމަށާއި އެކަމުގެ ފަސޭހަތައް ބޮޑުފޮޅުދޫގެ ރައްޔިތުންނަށް ލިބިގެންދިޔުން ކަމަށެވެ.