ads
ރައުދު މާލެ ގެނެސް އަނބުރާ ދޫނިދޫއަށް ގެންދަނީ
ފުލުހުން އެދިގެން ރައުދުގެ ބަންދުގެ އަޑުއެހުން ސިއްރުކޮށްފި
ހ. މީޓާޒް ފުރަޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުގެ އަޑުއެހުން ފުލުހުން އެދިގެން ސިއްރުކޮށްފިއެވެ.
Advertisement

ރައުދުގެ ބަންދަށް މިދޔަ ހުކުރުދުވަހު ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން މިއަދު ވަނީ ކޯޓުން އަލުން 10 ދުވަސް ބަންދަށް ޖަހާފައެވެ. 

ކްރިމިނަލް ކޯޓުގައި ކޮންމެ ދުވަހަކު ވެސް ބަންދު މުއްދަތު ޖަހަން ކުރިއަށްގެންދާ އަޑުއެހުންތަކުގައި މައްސަލަ ނިމޭ ގޮތުގެ ހުލާސާ އާންމުކުރެއެވެ. އަދި އޭގެ ދެ ފަރާތުން ދެއްކި ވާހަކަތައްވެސް ހިމަނާފައި ހުރެއެވެ. އެހެންނަމަވެސް މިއަދުގެ ބަންދުގެ މަޖިލިހުގެ ހުލާސާ ކޯޓުން އާއްމުކޮށްފައެއް ނުވެއެވެ. ސަބަބަކީ އެ މަޖްލިސް ސިއްރުކޮށްދޭން ފުލުހުން އެދުންކަން ވަނީ އެނގިފައެވެ. 

ރައުދަށް ޔުމްނު ވެއްޓުނުކަމާއި އެ ދެ ދެމީހުންގެ މެދުގައި އެރޭ މައްސަލަ ޖެހުނުކަން ފުރަތަމަ އާއްމުކޮށް އެނގުނީ ފުރަތަމަ ބޭއްވި ބަންދުގެ މަޖިލީހުގައި ފުލުހުން ދެއްކި ވާހަކަތަކުންނެވެ. އެހެންނަމަވެސް މި މައްސަލާގައި އޭގެ ކުރިން އެއީ ފުލުހުން ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. 

ރައުދު ހައްޔަރުކުރުމާއި ހަމައަށްވެސް ފުލުހުން ބުނަމުން އައީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތްކަމަށެވެ. އަދި އެކަން ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.

 

ހ. މީޓާޒް ފުރަޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިމަހުގެ 18 ވަނަދުވަހުއެވެ. އެހެންނަމެވެސް އެރޭ އޭނާއާއި އެކު އުޅުނު އުމުރުން 21 އަހަރުގެ ޒިލާލް ފުލުހުން ހައްޔަރުކުރީ މި މައްސަލާގައި އާއްމުގެ ފާޑުކިޔުންތައް ބޮޑުވެގެން ހާދިސާ ހިނގިތާ 6 ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް