ads
ފައިން ޖަހާ ރެކު ތަޅާލަނީ
ކެފޭއަކަށް ގެއްލުމެއް ނުދެން، ވީޑިއޯއަކީ ހަދައިގެން އުޅޭ އެއްޗެއް
މާލޭގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅައިލި މައްސަލާގައި ހައްޔަރުކުރި މީހާ، ކެފޭއެއްގެ އެއްޗަކަށް ގެއްލުމެއް ދީފައިނުވާނެ ކަމަށާއި ވީޑިއޯއަކީ ހަދައިގެން އުޅޭ އެއްޗެއް ކަމަށް އޭނާ ބުނެފިއެވެ.
Advertisement

މާލޭގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅައިލި މައްސަލާގައި  ހައްޔަރުކޮށްފައިވަނީ، މ. ސްޓާ، މުހައްމަދު ރަޒީންއެވެ. މި މައްސަލާގައި ރަޒީން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 08:56 ހާއިރުއެވެ. ޓޭކްއަވޭ ތަނަށް ވަދެ ރަޒީން ބިއްލޫރި ރެކު ތަޅައިލާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެހެންނަމަވެސް ކޯޓުގައި ރަޒީން ބުނީ އެ ވީޑިއޯއަކީ ހަދައިގެން އުޅޭ އެއްޗެއް ކަމަށެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ މީހަކު ތަނެވެކައުންޓަރާ ދިމާލަށް ގޮސް، އެތަނުގައި އިން މީހަކާއި ދިމާލަށް އެއްޗެހި ކިޔާތަނެވެ. އަދި އޭގެފަހުން އެ ކެފޭގައި ހެދިކާ އަޅާ އަޅާފައި ހުރި ރެކުގައި ފައިން ޖަގާ ބިއްލޫރި ތަޅާލާ ތަނެވެ. އޭރު އެ ކެފޭގެ މަސައްކަތު މީހާ ރެރެކު މަތީ އަތް އަޅުވައިލައިގެން ފޯނާ ކުޅެން ހުރެއެވެ. އެ ރެކު ތަޅާލައި އޭނާ ނުކުމެގެން ދެއެވެ.

މި މައްސަލައާ ގުޅިގެން ރަޒީން 15 ދުވަހަށް ބަންދުކޮށްފައިވާއިރު، އޭނާއަކީ ނަފްސާނީ ބައްޔަކަށް ބޭސްކުރަމުންދާ މީހެއް ކަމަށް ބުނާތީ އެކަން ބެލުމަށް ކޯޓުންވަނީ ފުލުހުންނަށް އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް