ads
މިދިޔަ އީދުގައި ހުޅުމާލެ ދިއްލާލާފައި
ހުޅުމާލެ އާބާދުވިތާ 21 އަހަރު: ފޮޓޯ އަދި ވީޑިއޯ މުބާރާތެއް އެޗްޑީސީން ފަށައިފި
ހުޅުމާލެ އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީން ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ.
Advertisement

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ޖުމްލަ 26،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ އެއް މިނެޓަށްވުރެ ދިގުނޫން ވީޑިއޯއެއް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މި ތަކެތި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރާއިރު އެޗްޑީސީ މޯލްޑިވްސް އަދި މައި ހުޅުމާލެ ޓެގްކުރުމާއެކު LifeinHML# ހޭޝްޓެގް ބޭނުންކުރަންޖެހޭނެއެވެ. މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި މުބާރާތުގައި ފޮޓޯއާއި ވީޑިއޯތައް ވަކިން ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، އެންމެ މޮޅު ވީޑިއޯއަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި ތިންވަނައަށް 3،000 ރުފިޔާގެ އިނާމު ދެވޭނެއެވެ. އަދި އެންމެ މޮޅު ފޮޓޯއަށް 5،000 ރުފިޔާ، ދެވަނައަށް 3،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން އިތުރަށް ބުނީ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ހަފުތާއަކަށް ދިގުދެމިގެންދާ ކުލަގަދަ ފެސްޓިވަލެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް