ads
ވެލާނާގެ
މުޖުތާޒް އަށް މަޖިލީހުން ރުހުންދީފި
ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަނުގެ ނަައިބުރައީސް ކަމަށް އަލްއުސްތާޒު މުހައްމަދު މުޖުތާޒް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދު ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ވަނީ މުޖުތާޒް ސިވިލް ސާވިސް ކޮމިޝަނުގެ ނައިބުރައީސްކަމަށަ ހަމަޖެއްސުމަށް ފާސްކޮށްފައެވެ.
Advertisement

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރަކު ހުސްވެފައިވަނީ ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އިބްރާހިމް ރަޝީދު އިސްތިއުފާ ދީފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް ފާސްކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭނާ ވަކިކުރުމުގެ މަރުހަލާ ފަށަން ކޮމިޓީން ނިންމީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަން ހާމަކޮށްފައެއް ނުވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ރުހުން ހޯދުމަށް މުޖުތާޒުގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މުޖުތާޒަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް