
ރައުދުގެ ފުރަތަމަ ބަންދު މުއްދަތު ކަމަށްވާ ފަސް ދުވަސް މިއަދު ހަމަވުމާ ގުޅިގެން، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި ނިންމުން ނިންމާފައިވަނީއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އުމުރުން 21 އަހަރުގެ ޔުމްނު، ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން، އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުމެއް އޮވެދާނެ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މި މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ. ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކަމަށްވާއިރު، އާންމުންގެ ކަންބޮޑުވުންތަކާއި ޕްރެޝަރުގެ ސަބަބުން ކަމަށް ބެލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވުމުންނެވެ.
ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނުއަށް މިހާރު ފަރުވާދެމުން ގެންދަނީ މެލޭޝިޔާގައެވެ. މި މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ރައުދު އަހްމަދު ޒިލާލްއަކީވެސް ޔުމްނު ފަދައިން އުމުރުން 21 އަހަރުގެ ޒުވާނެކެވެ.