ads
ފަވާދު ހާންގެ ފިލްމު
ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފަވާދު ހާންގެ ފިލްމު ބޮއިކޮޓްކުރުމަށް އެތައްބަޔަކު ގޮވަނ
ކަޝްމީރުގައި ޓެރަރިސްޓުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ޕާކިސްތާނު އެކްޓަރު ފަވާދު ހާން ބައިވެރިވާ "އަބީރު ގުލާލް" ފިލްމު ބޮއިކޮޓްކުރުމަށް އިންޑިއާގެ ރައްޔިތުންނާއި ފިލްމު އިންޑަސްޓްރީން ގޮވާލައިފިއެވެ.
Advertisement

ޖަމްއު އެން ކަޝްމީރުގެ ޕަހަލްގާމްގައި މި މަހުގެ 22 ވަަނަ ދުވަހު ހިނގި ޓެރަރިސްޓު ހަމަލާގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ހިމެނޭގޮތަށް 26 ނުވަތަ 28 މީހުން މަރުވުމާ ގުޅިގެން، މޭ 9، ވަނަ ދުވަހު ދައްކަން ހަމަޖެހިފައިވާ މި ރޮމެންޓިކް ޑްރާމާ ފިލްމަށް ދެކޮޅު ހެދުން ވަނީ އިތުރުވެފައެވެ. 

ރެޒިސްޓަންސް ފްރަންޓް (ޕާކިސްތާނުގައި ހުންނަ ލަޝްކަރ-އެ-ތޮއިބާގެ ޕްރޮކްސީ ޖަމާއަތެއް) އިން ޒިންމާ ނަގާފައިވާ މި ހަމަލާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ގުނަ ފާޑުކިޔުންތައް ވަނީ އައިސްފައެވެ.

އާރުތީ އެސް ބަގްދީ އިން ޑިރެކްޓްކޮށްފައިވާ މި ފިލްމުގައި އިންޑިއާގެ އެކްޓްރެސް ވާނީ ކަޕޫރުވެސް ބައިވެރިވެއެވެ. މި ފިލްމަކީ ބޯޑަރު ހުރަސް ކުރާ ލަވް ސްޓޯރީއެއްގެ ވާހަކަ ހިމެނޭ ފިލްމެކެވެ. 

މި ހަމަލާއަށްފަހު އެކްސް އާއި އިންސްޓަގްރާމްގައި ގިނަ ބަޔަކު މި ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލާ ޕާކިސްތާނު އާޓިސްޓުންނާއެކު މަސައްކަތްކުރާތީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ފާޑުކިޔާފައިވާއިރު، "އަބީރު ގުލާލް އިންޑިއާގެ އެއްވެސް ތިއޭޓަރެއްގައި ދައްކާކަށް ނުދޭނަން" ފަދަ ޓްވީޓްތައް ކޮށްފައިވެއެވެ. 

އިންޑިއަން ފިލްމް އެންޑް ޓެލެވިޒަން ޑިރެކްޓާސް އެސޯސިއޭޝަން (އައިއެފްޓީޑީއޭ) އާއި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) ފަދަ ފިލްމު ގުރޫޕްތަކުން މި ފިލްމު ދެއްކުމަށް ދެކޮޅު ހަދާފައިވާއިރު، އައިއެފްޓީޑީއޭގެ ޕްރެޒިޑެންޓް އަޝޯކް ޕަންޑިޓްއިން ވިދާޅުވި ގޮތުގައި މިއީ "ހަނގުރާމައިގެ އަމަލެއް" ކަމަށާއި، ފިލްމު ދެއްކުން ހުއްޓުވާނެއެވެ. މަހާރާޝްޓުރާގައި އެމްއެންއެސްއިން ވެސް ފިލްމު ދެއްކުން ހުއްޓުވުމަށް އިންޒާރުދީފައިވެއެވެ. އޫރީ ހަމަލާއަށްފަހު ކުރިން 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް