
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު މުންބާއީގެ ކްލިނިކަކުން ދެމަފިރިން ނިކުތުމުން، ގިނަ އަދަދަކަށް ޕަޕަރާޒީ ނޫސްވެރިން އެ ދެމަފިރިންގެ ވަށައިގެން އެއްވެ ކިއާރާގެ ބަނޑުގެ ފޮޓޯ ނަގަން އުޅުމުންނެވެ.
ފެންނަން ހުރި ވީޑިއޯތަކުން ދައްކާގޮތުގައި ސިދާރތު ވަނީ ޕަޕަރާޒީންނަށް "ބިހޭވް ޔުއަސެލްފް، ޔާރ! ގެޓް ބެކް! ޔޫ ވޮންޓް މީ ޓު ގެޓް އެންގްރީ ނައު؟" މިހެން ހަޅޭއްލަވާފައެވެ. މި ވަގުތު ކިއާރާ ވަނީ މޫނު ނިވާކޮށް ކާރަށް އަރަން މަސައްކަތްކޮށްފައެވެ. އަދި ސިދާރތު ވަރަށް ބޮޑަށް ކަންބޮޑުވެ، ކިއާރާއަށް ރައްކާތެރި ވުމަށް މަސައްކަތްކުރި މަންޒަރު ވީޑިއޯއިން ފެންނަން ހުއްޓެވެ.
ފެބްރުއަރީ 2025 ގައި ދެމަފިރިން ވަނީ އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބެންއުޅޭކަން އިއުލާނުކޮށްފައެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބަޔަކު ވަނީ ސިދާރތުގެ އަނބިމީހާ ރައްކާތެރިކުރުމަށް އެޅި ފިޔަވަޅުތަކަށް ތާއީދުކޮށްފައެވެ. އަދި ދެމަފިރިންގެ ޕްރައިވެސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ޕަޕަރާޒީންނަށް ގޮވާލާފައިވެއެވެ.