ads
އިޒްރޭލުގައި ކުރިއަށްދާ މުޒާހަރާ
އިޒްރޭލުގައި އެތައް ހާސް ބަޔަކު ނަތަންޔާހޫ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަނީ
ޓެލް އަވީވްގައި ހާސްތަކެއް މީހުން ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫ ވަކިކުރުމަށް ގޮވާލައި އެތަށް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފިއެވެ.
Advertisement

މި މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުން ނަތަންޔާހޫ އިސްތިއުފާ ދިނުމަށާއި ގައްޒާގައި ހަމާސްގެ ބަންދުގައި ތިބި ރަހީނުން ދޫކޮށްލުމަށް ޑީލްއެއް ހެދުމަށް ވަނީ ގޮވާލާފައެވެ. 

ހަބީމާ ސްކުއެއާ އަދި ހޮސްޓޭޖަސް ސްކުއެއާފަދަ ޓެލް އަވީވްގެ މައި ސަރަހައްދުތަކުގައި މުޒާހަރާކުރާ ފަރާތްތަކުން ރަހީނުން ވަގުތުން ދޫކޮށްލުމަށް ޑީލްއެއް ހެދުމަށް ގޮވާލާ ބޯޑުތައް ހިފައިގެން ނުކުމެ ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ކުރެވޭ މުޒާހަރާތައް އިތުރުވެފައިވަނީ ގައްޒާގެ ހަނގުރާމަ އަދި ރަހީނުންގެ މައްސަލަ ބެލެހެއްޓުމުގައި ސަރުކާރުން އަމަލުކުރާ ގޮތުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އިތުރުވެފައިވުމާއެކުގައެވެ. 

މީގެއިތުރުން ޝިން ބެޓްގެ އިސްވެރިޔާ ހާމަކުރިގޮތުގައި ނަތަންޔާހޫ ވަނީ ސަލާމަތީ ބާރުތަކަށް އިރުޝާދުދީ ސަރުކާރާ ދެކޮޅު މުޒާހަރާކުރާ ފަރާތްތައް އަމާޒުކުރުމަށް އަންގާފައެވެ. އޭނާގެ ކޮރަޕްޝަންގެ ޝަރީއަތް ލަސްކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތުކުރެވެއެވެ. މިކަމުން ސަރުކާރުގެ މައްޗަށް އޮތް އާންމުންގެ އިތުބާރު އިތުރަށް ދަށަށް ގޮސްފައިވެއެވެ.

ނަތަންޔާހޫ ވަނީ ހަމާސްގެ އަސްކަރީ ބާރު އެއްކޮށްކެނޑެންދެން ހަނގުރާމަ ކުރިއަށް ގެންދެވޭނެކަމަށް ވައުދުވެފައެވެ. 

ގިނަ އިޒްރޭލް ރައްޔިތުން ދެކޭގޮތުގައި ހަނގުރާމަ ހުއްޓާލައިގެން ނަމަވެސް ރަހީނުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހެއެވެ. 

ރަހީނުންގެ އާއިލާގެ މެންބަރުން މުޒާހަރާތަކުގައި އަމަލީގޮތުން ބައިވެރިވަމުން ދާއިރު، އެމީހުންގެ އޯބިވާމީހުން އަނބުރާ ގެނައުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ނުކުރާކަމަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި މުޒާހަރާތަކަކީ ނެތަންޔާހޫގެ ލީޑަޝިޕާ ދެކޮޅަށް އޮތް ފުޅާ ބޮޑު އާންމު އިހުތިޖާޖުތަކެއްކަން ފާހަގަކުރެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް