ads
ބޭކަރީ
އަމިއްލަ ދިފާއުގައި ކަމަށް ބުނެ ފިލިޕީންގެ ބޭކަރީއެއްގެ ވެރިޔަކު 7 މުވައްޒަފުން ކަތިލައިފި
އަމިއްލަ ދިފާއުގައި ކަމަށް ބުނެ ފިލިޕީންގެ ބޭކަރީއެއްގެ ވެރިޔަކު 7 މުވައްޒަފުން މަރާލައިފިއެވެ.
Advertisement

ފިލިޕީންސްގެ އެންޓިޕޯލޯ ސިޓީގައި ހުންނަ ޖޭއެންބީ މަލުންގޭ ބޭކަރީގައި މި ހާދިސާ ހިނގީ މިއަދުއެވެ. ބަރަންގޭ ކުޕަންގައި ހުންނަ މި ބޭކަރީގައި މުވައްޒަފުން ނިދާފައި ތިއްބައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ބޭކަރީގެ ޝެއާ ހޯލްޑަރުންގެ ތެރެއިން މީހެކެވެ.  

އޭނާ އެމީހުން "ކަތިލާފައި" ވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

ހާދިސާ ރިޕޯޓްކޮށްފައިވަނީ ހެނދުނު 6 ޖަހާއިރުއެވެ. އެންޓިޕޯލޯ ސިޓީ ފުލުހުން މި ހާދިސާ ކަށަވަރުކޮށްފައިވަނީ ހެނދުނު 8 ޖަހާއިރުއެވެ.

މި ހާދިސާގައި ޝައްކުކުރެވޭ މީހާ ވަނީ ފުލުހުންނަށް އަމިއްލައަށް ހަވާލުވެފައެވެ. އަދި "އޭނާ މި އަމަލު ހިންގީ އަމިއްލަ ދިފާއުގައިކަމަށާއި، ވިޔަފާރީގެ މައްސަލައަކާ ގުޅިގެން މަރާލެވުނު މުވައްޒަފުން އޭނާ މަރާލަން ރޭވިކަމަށް،" ބުނެފައިވެއެވެ.

ޝައްކުކުރެވޭ މީހާއަކީ މަރާލެވުނު މީހުންގެ ގާތްތިމާގެ މީހެކެވެ. ނަމަވެސް، މި ހާދިސާ ހިންގި ސަބަބު އަދިވެސް ސާފުކޮށް އެނގިފައެއް ނުވެއެވެ. ފުލުހުން ވަނީ ޝައްކުކުރެވޭ މީހާއާއި އާނޭ މިކަން ހިންގި ގޮތުގެ ތަފްސީލް ހޯދުމަށް ތަހުގީގު ކުރަން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް