ads
ޕޫޓިން
ޔުކްރެއިންއާ އެކު ސުލްހައިގެ ވާހަކަ ދެއްކުމަށް ޕޫޓިން އެއްބަސްވެއްޖެ
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޔުކްރެއިންއާއެކުސީދާ ސުލްހައިގެ ވާހަކަތައް ދެއްކުމަށް ތައްޔާރަށް ހުރިކަމަށް ހާމަކުރައްވައިފިއެވެ.
Advertisement

މިގޮތުން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި މިއީ އެންމެ ފާހަގަކޮށްލެވޭ ބަދަލެވެ.

ޕޫޓިންގެ މި ހުށަހެޅުން ހާމަކޮށްފައިވަނީ ޔުކްރެއިންއިން 30 ދުވަހުގެ ހަނގުރާމައިގެ ހުސްވަގުތުކޮޅަކަށް ހުށަހެޅި ހުށަހެޅުމެއް ކުރިން ރަޝިއާއިން ދެކޮޅުހެދުމަށްފަހު، ހޯމަ ދުވަހު ރަޝިއާގެ ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.

އެހެންނަމަވެސް، މި މަސައްކަތްތަކާމެދު ޔޫކްރެއިން އިން ވަނީ ޝައްކު އުފައްދާފައެވެ.  ޔޫކްރެއިންގެ ފޮރިން މިނިސްޓަރު އަންދްރީ ސިބީހާ ވިދާޅުވެފައިވަނީ ކުރިން ރަޝިއާއިން އެމެރިކާ ބާރުދިން އެފަދަ ހުށަހެޅުމެއް ބަލައިނުގަތްކަމަށެވެ. އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ޕޫޓިން އިއުލާނުކުރި 30 ގަޑިއިރުގެ "އީސްޓާ ހުސްވަގުތުކޮޅުގެ" ތެރޭގައިވެސް ރަޝިއާއިން ހަމަލާތައް ދެމުންދިޔަކަމަށް ތުހުމަތުކުރައްވާފައެވެ. ދެފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް އެފަދަ ތުހުމަތުތައް ކުރަމުންދިޔުމާއެކު، ސުލްހަވުމުގެ މަސައްކަތްތަކާމެދު އިތުބާރުކުޑަވެގެން ގޮސްފައިވެއެވެ.

މި އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ލަންޑަންގައި ޔުކްރެއިން، އެމެރިކާ، ޔުނައިޓެޑް ކިންގްޑަމް އަދި ފްރާންސް ހިމެނޭގޮތަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަސައްކަތްތަކަކުން ކުރިއެރުމެއް ނުފެންނާތީ، ސުލްހަވުމުގެ މަސައްކަތްތައް ދޫކޮށްލުމަށް އިންޒާރުދެއްވާފައެވެ.

ޕޫޓިންގެ ފަރާތުން ވާހަކަ ދެއްކުމަށް ހުޅުވާލުމަކީ ޑިޕްލޮމެޓިކް ފުރުސަތެއްކަމުގައި ބެލެވުނު ނަމަވެސް، ދެފަރާތުގެ ޝަރުތުތަކުގެ ދެމެދުގައިވާ ބޮޑު ތަފާތާއި ދެފަރާތުގެ މެދުގައި އޮތް އިތުބާރުކުޑަކަމުން، ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު ކުޑަކަމަށް މަޝްރަހު ދިރާސާ ކުރާ މީހުން ބުނެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް