
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ރިޔާސަތުން މަސައްކަތަށް ހުރަސް އަޅާކަމަށް ތުހުމަތުކޮށް ގަރާރެއް
ގުފްތަގް އަޖީރު
22 އޭޕްރީލް 2025 - 13:16:25
މަޖިލީހުގެ ރިޔާސަތުން މަސައްކަތަށް ހުރަސް އަޅާކަމަށް ތުހުމަތުކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ގަރާރެއް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވި މި ގަރާރުގައި މަޖިލީހުގެ ރައީސް ބޭއްވަންޖެހޭ ޖަލްސާތައް ނުބާއްވާ ކަމަށާއި، އިދިކޮޅުން ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގެންދާ ކަމަށް ތުހުމަތުކުރައްވާފައިވެ އެވެ.
މީކާއިލް ގަރާރުގައި ވިދާޅުވި ގޮތުގައި "ގާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަޒީރުންނާ ސުވާލުކުރުމަށް ދޭ 14 ދުވަހުގެ ނޯޓިސް ހަމަވާތާ އެތައް ދުވަހެއް ފާއިތުވިޔަސް އެކަން އެޖެންޑާނުކޮށް ލަސްކުރަމުންދޭ. އަދި މަޖިލީހުގެ ގަވާއިދުގައި ހަފްތާއަކު ތިން ދުވަހު ޖަލްސާތައް ބާއްވަން ޖެހޭއިރު، އެއްވެސް ސަބަބެއް ބަޔާންކުރެއްވުމެއް ނެތި ރިޔާސަތުން ޖަލްސާތައް ނުބާއްވާ،" އެވެ.
މިމަހު މިހާތަނަށް މަޖިލީހުގައި ބޭއްވިފައިވަނީ ހަމައެކަނި ހަތަރު ޖަލްސާއެވެ.
މި ގަރާރު ހުށަހެޅުއްވި ސަބަބުގެ ގޮތުގައި މީކާއިލް ވިދާޅުވީ، މަޖިލީހަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ރިޔާސަތުން ހުރަސް އަޅަމުންގެންދާ ކަމާއި، ސަރުކާރުން ކުރާ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާއަށް ހުރަސް އެޅޭ ފަދަ ކަންކަން ކުރައްވަމުންދާތީ، މި މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކޭގޮތެއް ބެލުމަށްޓަކައި ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް