ads
ޕީސީބީގެ މެމްބަރުން
ސީއެފްއޯ އާއި އިންޓާނަލް އޮޑިޓަރުން އައްޔަންކުރުމުގެ މިންގަނޑުތައް ޕީސީބީން ކަނޑައަޅައިފި
ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އާއި އިންޓާނަލް އޮޑިޓަރުން އައްޔަން ކުރުމުގައި ބަލާނެ އެންމެ ދަށް މިންގަނޑު ކަނޑައަޅާ އުސޫލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކުލަވާލައިފި އެވެ.
Advertisement

ޕީސީބީން ބުނީ، މި ބަދަލުތައް ގެނެސްފައިވަނީ އެ މަގާމުތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކާ ހެދި ކަމަށާއި، އުސޫލަށް ގެނައި ބަދަލާ އެކު، ވީހާވެސް ގިނަ ބަޔަކަށް އެ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށެވެ. އަދި މިއަދު އަމަލުކުރަން ފެށި އުސޫލުގައި އެ މަގާމުތަކުގެ ޝަރުތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާ ކަމަށް އެ އޮފީހުން ބުނީ އެވެ.

މި އާ އުސޫލުގެ ދަށުން، ސީއެފްއޯގެ މަގާމު އަދާކުރެވޭނީ އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހުންނަށެވެ. އަދި އެފަދަ މަގާމުތަކުގައި ތިބޭ މީހުން، އިންޓަނޭޝަނަލް ފައިނޭންޝަލް އަދި އޮޑިޓިން މިންގަނޑުތަކަށް ތަބާވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. ސީއެފްއޯގެ އިތުރުން ޗީފް އިންޓާނަލް އޮޑިޓަރުވެސް ވާންޖެހޭނީ އޮޑިޓިން، އެކައުންޓިން އަދި ފައިނޭންސިން ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހަކަށެވެ.

ޕީސީބީން ތައާރަފުކުރި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ސީއެފްއޯގެ މަގާމު އަދާކުރާ މީހުން އެ ކުންފުންޏެއްގެ ބޯޑަށް ލަފާދޭންވާނީ ނުފޫޒުން އެއްކިބާވެ ހުރެ، މިނިވަންކަމާއި ޕްރޮފެޝަނަލްކަމާ އެކުގައެވެ. އަދި ޗީފް އިންޓާނަލް އޮޑިޓަރުން ޖަވާބުދާރީވާންޖެހޭނީ އޮޑިޓް ކޮމިޓީއަށް ކަމަށާއި، ކޮމިޓީއަށް ރިޕޯޓު ނުކުރެވޭ ހާލަތުގައި ބޯޑަށް އެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. މި ދެ މަގާމަށްވެސް މީހުން އައްޔަންކުރާނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް