ads
އިނގުރައިދޫގައި ބުޅާ ގިނަވެގެން އަގަށް ބުޅާ ހިފައިދޭނެ ބަޔަކު ހޯދަނީ
އިނގުރައިދޫގައި ބުޅާ ގިނަވެގެން އަގަށް ބުޅާ ހިފައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް އެ ކައުންސިލުން ފަށައިފިއެވެ.
Advertisement

އިނގުރައިދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެރަށުގައި މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާކަމަށެވެ. އެހެންކަމުން ރަށުގައި އުޅޭ ބުޅާތައް ހިފައިގެން ފަޅު ރަށަކަށް ގެންދަން ނިންމާފައިވާކަމަށް ކައުންސިލުން ބުނެއެވެ.

އިނގުރައިދޫ ކައުންސިލުން ބުނީ ބުޅާތައް ހިފައިގެން ގެންދާނީ އެއްވެސް ކައުންސިލެއްގެ އިހުތިސްސްތެރޭގައި ނުހިމެނޭ ފަޅު ރަށަކަށްކަމަށެވެ. 

ކައުންސިލުން ވަނީ ރަށުން ބުޅާތައް ހިފައިގެން ފަޅުރަށް ގެންގޮސްދޭން ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އަގަށް ބުޅށާ ހިފައިދޭނެ ބަޔަކު އެކަން ކޮށްދޭބެ އަގު ހުށައަޅަން ވަނީ އެދިފައެވެ. އަދި މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށްކަމަށްވެސް ކައުންސިލުން ބުނެއެވެ. 

މި މަސައްކަތް ކޮށްދޭން އަގު ހުށަހަޅަން ވާނީ 300 ބުޅާ ހިފައިދޭނެ އަގުކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން ކައުންސިލަށް ކޯޓޭޝަން ހުށަހަޅަން ވާނެ އެވެ. 

          

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް