ads
ގއ. ގެމަނަފުށީގެ ސިއްހީ މަރުކަޒު
ސިއްހީ މަރުކަޒުގެ އިހްމާލުން 7 މަހުގެ ކުއްޖަކު މަރުވި މައްސަލައެއް
ގއ. ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހްމާލުން މަރުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
Advertisement

މި ތުއްތު ކުއްޖާ ނިޔާވީ ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ހާލު ކުއްލިއަކަށް ގޯސްވެކަމަށް އާއިލާއިން ބުނެއެވެ. މިދިޔަ ބުދަދަދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ.

މި ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ތުއްތު ދަރިފުޅު ސިއްހީ މަރުކަޒަށް ގެންދިޔައީ ރޯގާ ޖެހި ނޭފަތުން ފެން އަންނާތީކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު އެ ނޫން އިތުރު އެއްވެސް އުނދަގުލެއް ދަރުފުޅުގެ ނެތްކަމަށެވެ. 

ޑޮކްޓަރަށް ދެއްކުމުން ނޭފަތަށް އާވިއަރުވަން ބުނުމުން އެކަން ކުރަމުން އައިކަމަށް އެ ކުއްޖާގެ ބައްޕަ ބުނެއެވެ. އެހެންނަމަވެސް އޭގެ ތިން ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު ދެވަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމުން ބޭހަކަށް ބަދަލުކޮށް، ޓެސްޓެއް ހަދަން ޖެހޭކަމަށް ސިއްހީ މަރުކަޒުން ބުނިކަމަށް ކުއްޖާގެ ބައްޕަ ކިޔާދިނެވެ. 

އޭނާ ބުނީ ފަހުން ކުއްޖާ ރޯތީ ޑޮކްޓަރަށް ދިޔުމުން ކުއްޖާގެ ދެ ނޭފަތަށް ސިރިންޖަކަށް އައިވީ ފެން ހަތަރު ފަހަރެއްގެ މަތިން އަޅާފައި އަރިދަފުސް ބޭރުކުރަން މަސައްކަތްކޮށްފައިވާކަމަށެވެ. އެގޮތުން އެކަން ކުރުމުން ކުއްޖާ ތުރުތުރު އަޅައިފައި ގޮތެއް ވެގެންދިޔަކަމަސާއި ފަސް ވަނަ ފަހަރަށް އެކަން ކުރުމުން ކުއްޖާގެ ވާއަތްފަޅީގެ ނޭފަތުން ލެއާ އެކީގައި އެ ފެންތައް ފައިބައިގެން ދިޔަކަމަށް ކުއްޖާގެ ބައްޕަ ވަނީ ކިޔާދީފައެވެ.

އެކަން އެގޮތަށް ވުމުން ޑޮކްޓަރު އަވަސް އަރުވާލައިގެން އިންޖެކްޝަނެއް ޖެހިކަމަށާއި އެހެންނަމަވެސް އިންޖެކްޝަން ޖެހުމުންވެސް ކުއްޖާގެ ރޮއެ ހަދާފައި ނުވާކަމަށްވެސް ބައްޕަ ކިޔާދިނެވެ. އޭގެ އިރުކޮޅެއް ފަހުން ދަރިފުޅު ބައިވަރު ހޮޑުތަކެއް ލީކަމަށާއި ނަރުސް ކުއްޖަކު އައިސް ކުއްޖާ ނޭވާ ނުލާތީ ބުރަކަށި މަތީގައި ތަޅަން ފެށި ކަމަށްވެސް ބައްޮަ ވަނީ ކިޔާދީފައެވެ.

" މެޝިނު ބަލާލިއިރު ކޮންމެ ވެސް ވަރަކަށް ކުޑަކޮށް ވިންދުގެ އަސަރުހުރި. އެކަމަކު، އިރުކޮޅެއް ނުވެ ލައިން ސީދާ ވެގެން ދިޔައީ. ދެން އެތާ ހުރެގެން ރޯން ފެށީ މަގޭ ދަރިފުޅު މަރުވެއްޖެޔޭ ކިޔާފައި," ކުއްޖާގެ ބައްޕަ ކިޔާދިނެވެ. 

ވަގުތުން ޑޮކްޓަރު އައިސް ސީޕީއާރު ދިނުމަށް ފަހު ކުއްޖާ ރަނގަޅު ކަމަށް ބުނުމަށްފަހު ޑޮކްޓަރުންނާ އެކު ގއ. ވިލިނގިލީ ހޮސްޕިޓަލަށް ފޮނުވާލިކަމަށާއި އެތަނަށް ގެންދިޔައިރު ވެސް ކުއްޖާގެ "ހިތް މަސައްކަތް ނުކުރާ" ހޮސްޕިޓަލާއި ހަވާލާދީ ކުއްޖާގެ ބައްޕަ ވަނީ ކިޔާދީފައެވެ. 

އާއިލާއިން ބުނީ އެ ތުއްތު ކުއްޖާ މަރުވީ ގއ. ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހުމާލުންކަމަށް ގަބޫލުކުރާކަމަށާއި އެކަމަށް އިންސާފު ހޯދަން މަސައްކަތް ކުރާކަމަށެވެ. 

މިކަމާއި ގުޅިގެން ގެމަނަފުށީ ސިއްހީ މަރުކަޒުން އަދި ހެލްތު މިނިސްޓްރީން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް