ads
ގައިދީންތަކާއިއެކު ކަރެކްޝަންސްގެ އޮފިސަރުންތަކެއް
ޖަލާއި ހޯޕް އައިލެންޑް ހަދާ ބަޔަކަށް ދ. ވާނީ އާއި ފަޅުތަކެއް ދެނީ
އުތުރު ތިލަފަޅުގައި ތަރައްގީ ކުރަން ނިންމާފައިވާ "ހޯޕް އައިލޭންޑް" އާއި މައި ޖަލު ހަދައިދޭ ބަޔަކަށް ދ. ވާނީ އާއި ދެ ފަޅު ދޭ ގޮތަށް ނިންމައިފިއެވެ.
Advertisement

ކުށް ކުރާ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ ހޯޕް އައިލެންޑާއި މައި ޖަލު އުތުރު ތިލަފަޅުގައި ތަރައްގީ ކޮށްދޭނެ ބަޔަކަު ހޯދުމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.  

މި ދެ މަޝްރޫއު ހިންގަން އެދޭ ފަރާތްތަކަށް ހަތަރު ގޮތަކަށް ޕްރޮޕޯޒަލް ހުށައެޅިދާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މަޝްރޫއު ހިންގަން ހުށައެޅޭ ތިން ގޮތް 

  1. ބިން ހިއްކުމާ އެއްކޮށް މުޅި މަޝްރޫއު ހިންގުން
  2. ބިން ނުހިއްކާ ހަމައެކަނި އިމާރާތްތައް ހެދުން
  3. ހައިބުރިޑް މޮޑެލް
  4. ރަށް ހިއްކުމުގެ މޮޑެލް

މަޝްރޫއު ހިންގުމަށް ޕްރޮޕޯޒަލް ހުށައެޅޭ ގޮތްތަކުންގެ ތެރެއިން ބިން ހިއްކުމާ އެއްކޮށް މުޅި މަޝްރޫއު ހިންގަން އެދޭ ފަރާތްތަކަކަށް ބަދަލުގެ ދ. ވާނީ އާއި އެ ރަށާ ގުޅިފައިވާ ފަޅު އަދި އިތުރު ދެ ފަޅެއް ދޭނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން ހައިބުރިޑް މޮޑެލް ނުވަތަ ބިން ހިއްކުން ހިމެނޭ ގޮތުން އިމާރާތް ކުރުމުގެ އެއްބައި ހިންގަން އެދޭ ގޮތަށް ހުށައަޅާ ފަރާތަކަށް ދެ ފަޅު ލިބޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ރަށް ހިއްކުމުގެ މޮޑެލްގައި މަޝްރޫއު ހިންގަން އެދޭ ފަރާތްތްކަށް އެ ރަށުގައި ތަރައްގީކުރާ ބައެއް ތަންތަން ހިންގައިގެން ފައިދާ ހޯދޭނެކަމަށް މިނިސްޓްރީން ނެރުނު އިއުލާންގައިވެއެވެ. 

ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އުތުރު ތިލަފަުގައި ހަދާ ޖަލަކީ 6،000 މީހުންގެ ޖާގައިގެ ޖަލެއްކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެއިތުރުން އެތަނަކީ އެންމެ ވަރުގަދަ ސެކިއުރިޓީ ފީޗާސްތަކާއެކު ގާއިމުކުރާނެ ޖަލެއްކަމަށްވެސް  ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މައި ސެންޓަރަލް ޖަލު ހެދުމަށްފަހު ދެން ހުރި ޖަލުތައް ބަންދުކުރަން ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ޖަލު ހަދާއިރު ފުރިހަމަ ވާންޖެހޭ ކަންކަން 

  • ބަންދުގައި ތިބޭ މީހުން ތިބޭނެ ތަންތަން / ކުށުގެ ބާވަތްތައް ވަކި ތިބެވޭނެ ގޮތަށް 
  • ސްޓާފް ކުއާޓާސް
  • ވޮކޭޝަނަލް ޓްރެއިނިން އެންޑް ރިހެބިލިޓޭޝަން ފެސިލިޓީސް
  • ތައުލީމީ ވަސީލަތްތައް /  ކްލާސްރޫމްތަކާއި ލައިބްރަރީ އަދި މަލްޓިޕާޕަސް ހޯލްތައް
  • މުނިފޫހިފިލުވުމާއި ކުޅިވަރުގެ ވަސީލަތްތައް 
  • މެޑިކަލް ފެސިލިޓީސް /  ފާމަސީއަކާ އެކު ޖެނެރަލް އަދި ސްޕެޝަލިސްޓް ކެއާ ފުލް ސާވިސް ހޮސްޕިޓަލެއް
  • ޑްރަގް ރިހެބިލިޓޭޝަން އެންޑް ޑިޓޮކްސް ފެސިލިޓީސް
  • މިސްކިތް / 1000 މީހުންގެ ޖާގައިގެ މިސްކިތެއް
  • އިވެންޓްތައް ބާއްވާނެ ސެރެމޯނިއަލް ގްރައުންޑްސް
  • ހާފްވޭ ހައުސް
  • ހޯލްޑިން ސެލްސް / އުމުރާއި ޖިންސާއި ބަންދުކެޓަގަރީ އާއި ރިސްކް ލެވެލް 11 އަށް ބެލުމަށްފަހު ވަކިކުރުން
  • ސެކިއުރިޓީ ޓަވަރު، ކޮންޓްރޯލް ސިސްޓަމް، ޕާކިން
  • މެސް ހޯލްސްތައް/ ކުށުގެ ބާވަތަތައް ބަލާ ތަފާތުކޮށް 
  • ޔޫޓިލިޓީސް އެންޑް އެހެނިހެން ވަސީލަތްތައް އަދި އާމަރީ
  • ކޯޓް ފެސިލިޓީ: ބަންދުގައި ތިބޭ ކެޓަގަރީ 15 ގެ ކޯޓް ފެސިލިޓީގެ ގޮތުގައި މަސައްކަތްކުރާ ގިނަ ކޮޓަރިތައް
  •  ކަރެކްޝަނަލް ސަރވިސް ހެޑްކުއާޓާސް 

ހޯމް މިނިސްޓްރީން ބުނީ ހޯޕް އައިލެންޑެއްގެ ގޮތުގައި ވަކި ރަށ|ެއް ހަދަނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށްކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ ހޯޕް އައިލެންޑް ހަދާނީ 15 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި އެތަން  ތަރައްގީ ކުރާ މަރުކަޒަކީ 700 މީހުންނަށް ދިރިއުޅެވޭ ގޮތަށް ތަރައްގީ ކުރާތަނެއްކަމަށެވެ، އެތަނުގައި ކުދިން ބައި ތިއްބާނެ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލް ހުންނަން ޖެހޭނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް