ads
ސިންގާ: ފޮޓޯ ލޮވިއަސް ޒޫ
ނައިރޯބީ ނޭޝަނަލް ޕާކު ކައިރީގައި ސިންގާއެއް 14 އަހަރުގެ އަންހެން ކުއްޖަކު މަރާލައިފި
ކެނިޔާގެ ނައިރޯބީ ނޭޝަނަލް ޕާކާ އިންވެގެން ހުންނަ ސަވާނާ ރެންޗް ސަރަހައްދުގައި 14 އަހަރުގެ އަންހެން ކުއްޖަކު ސިންގާއެއްގެ ހަމަލާއަކުން މަރުވެއްޖެކަމަށް ކެނިޔާ ވައިލްޑްލައިފް ސަރވިސް (ކޭޑަބްލިއުއެސް) އިން ހާމަކޮށްފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ނައިރޯބީ ނޭޝަނަލް ޕާކުގެ ފެންސް ނުޖަހާ ހުންނަ ދެކުނު ސަރަހައްދާ ގުޅިފައިވާ ރަށްވެހި ސަރަހައްދެއްގައެވެ. ގްރޭޑް 7 ގައި ކިޔަވަމުންދިޔަ މި ކުއްޖާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އެމްބަގަތީ ކޯރު ކައިރިންނެވެ.

ކޭޑަބްލިއުއެސްގެ ރޭންޖަރުން މިހާރު ދަނީ މި ހަމަލާ ދިން ސިންގާ ހޯދުމަށް ހަރަކާތްތެރިވަމުންނެވެ. މި ސިންގާ ހިފުމަށް ދަތިތައް ބެހެއްޓުމާއި، ސަރަހައްދުގައި ޕެޓްރޯލްކުރަން ވަނީ ފަށާފައެވެ. ނަމަވެސް އަދި ސިންގާ ހިފިފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސެކިއުރިޓީ ފިޔަވަޅުތައް ވަނީ ހަރުދަނާ ކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް