ads
ރައީސް ޑރ. މުއިއްޒު
ރައްޔިތުންނަށް ސީދާ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލް
ރައްޔިތުންނަށް ސީދާ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމީ ވަޓްސްއެޕް ޗެނަލެއް ތައާރަފުކޮށްފިއެވެ.
Advertisement

މި ޗެނަލް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ރައްޔިތުންނާ ގުޅުން ހުރި މުހިންމު މައުލޫމާތުތަކާއި މެސެޖުތައް ދުވަހުން ދުވަހަށް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މި ވަޓްސްއެޕް ޗެނަލްއާ ގުޅުމުގެ ދައުވަތު ރައްޔިތުންނަށް ދެއްވާފައިވެއެވެ. ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ގެންދަވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގެ ބޭނުން ހިއްޕަވަމުންނެވެ.

މީގެ އިތުރުން، "ރައްޔިތުންނާ އެކު" ގެ ނަމުގައި ޕޮޑްކާސްޓެއް ވެސް ރައީސް ވަނީ ފައްޓަވާފައެވެ. މި ޕޮޑްކާސްޓް މެދުވެރިކޮށް ވަކިވަކި ދާއިރާތަކަށް ހާއްސަކޮށްގެން، އެ ދާއިރާއަކާ ގުޅޭ މުހިންމު މައުލޫމާތުތަކާއި ތަސައްވުރާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރައްވަމުން ގެންދަވައެވެ. ރައީސް މުއިއްޒުގެ މި މަސައްކަތްތަކަކީ ރައްޔިތުންނާ ސަރުކާރާ ދެމެދު ގުޅުން ބަދަހިކުރުމަށް އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް