ads
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރި އަލްއުސްތާޒު މުހައްމަދު މުޖްތާޒަށް މަގާމު ފަތްކޮޅު ރައީސް މުއިއްޒު އަރުވަނީ
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒު އައްޔަންކޮށްފި
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް މއ. ސިގްމާ އަލްއުސްތާޒު މުހައްމަދު މުޖްތާޒް އައްޔަންކޮށްފިއެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ، މުޖްތާޒަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ. 

މުޖުތާޒު ސީއެސްސީއަށް އައްޔަން ކުރޭތޯ ރައްޔިތުން މަޖިލީހުގައި ވޯޓަށް އެހުމުން މަޖިލީހުގެ 71 މެމްބަރުން ވަނީ އެކަމާއި ރުހި ފެންނަކަމަށް ވޯޓް ދީފައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މެމްބަރަކު އައްޔަންކުރަން މަޖިލިހަށް ފޮނުވާފައި މި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލިހުން ފެށުމުންނެވެ.  

އަލްއުސްތާޒު މުހައްމަދު މުޖްތާޒްވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލުކުރައްވާފައެވެ. ހުންނެވި ބޭފުޅެކެވެ. މުހައްމަދު މުޖްތާޒު ވަނީ ކުރިން ރައީސް ޔާމިންގެ ވެރިކަމުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމު ފުރުއްވާފައެވެ. އަދި 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް  މުޖްތާޒު ވަނީ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް