
ޑްރަގާއި އެކު ހައްޔަރުކުރި ދެބެއިންކަމަށްވާ ރާއިފް ޔޫސުފާއި ރާއިގު ޔޫސުފް
ޑްރަގު ގެންގުޅުނު އެއްމާބަނޑު ދެބެއިންގެ ބަންދަށް 30 ދުވަސް
މުހައްމަދު އާދަމް އަހްމަދު
20 އޭޕްރީލް 2025 - 11:05:26
ޑްރާގާއިއެކު ހައްޔަރުކުރި އެއްމާބަނޑު ދެބެއިންގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ހުޅުމާޅޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ އެއްމާބަނޑު ދެބެއިންނެވެ. އެއީ މ. އަލިހަވާ ރާއިފު ޔޫސުފާއި ރާއިގު ޔޫސުފް އެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ބަންދަށް ހުޅުމާލޭ ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާކަމަށެވެ.
ފުލުހުން ބުނީ މި ދެބެއިން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލޭގެ އެޕާޓްމެންޓަކުންކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމެންޓް ބަލައި ފާސްކުރިއިރު އެތަނުން މީގެ ތެރޭގައި ފްލޭވާ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް