
އަނާޔާ ބަންގާ
ކްރިކެޓް ކުޅުންތެރިން ފޮނުވި ބޭއަދަބީ މެސެޖްތަކާއި ފޮޓޯތަކުގެ ވާހަކަ ހާމަކޮށްފި
އިމާދު އަލީ
18 އޭޕްރީލް 2025 - 23:40:44
އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސަންޖޭ ބަންގާގެ ޓްރާންސްޖެންޑާ ދަރިފުޅު އަނާޔާ ބަންގާ ޖިންސު ބަދަލުކުރި ފަހުން ގިނަ ފިރިހެން ކްރިކެޓް ކުޅުންތެރިންގެ ފަރާތުން ބޭއަދަބީ މެސެޖްތަކާއި ފޮޓޯތައް ލިބިފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
"ލަލަންޓޮޕް" އާއެކު ކުރި އިންޓަވިއުއެއްގައި އަނާޔާ ބުނީ، އޭނާ ޓްރާންސްޖެންޑާ އަންހެނެއްގެ ގޮތުގައި ހާމަކުރިފަހުން ނަން މަޝްހޫރު ކްރިކެޓް ކުޅުންތެރިން އޭނާއަށް ބޭއަދަބީ ފޮޓޯތަކާއި ނުއެދެވޭ މެސެޖްތައް ފޮނުވާފައިވާ ކަމަށެވެ.
އަނާޔާ އިތުރަށް ހާމަކުރި ގޮތުގައި އެއް ފަހަރު ތަޖުރިބާކާރު ކްރިކެޓް ކުޅުންތެރިއަކު އޭނާއަށް ޖިންސީ ގޮތުން ހުށަހެޅުމެއް ވެސް ހުށަހަޅާފައިވާ ކަމަށާއި، އަދި އެހެން ކުޅުންތެރިއަކު އާންމުކޮށް އޭނާއަށް އަނގަބަހުން ފުރައްސާރަކޮށްފައިވާއިރު، ފަހުން އަމިއްލަ ގޮތުން އޭނާގެ ފޮޓޯތަކަށް އެދިފައިވާ ބުންޏެވެ.
އަނާޔާ ބުނީ ކްރިކެޓް ދުނިޔޭގައި "ޓޮކްސިކް މެސްކިއުލިނިޓީ އާއި އިންސެކިއުރިޓީ،" ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން އޭނާގެ ޖިންސު ބަދަލުކުރުމުގެ މަރުހަލާގައި ދިމާވި ގޮންޖެހުންތަކަށް އިތުރު ބުރަކަން އިތުރުވެފައިވާ ކަމަށް ބުންޏެވެ.
33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް