ads
އާޝާ ބުރުގާއަޅާފައި
އާޝާ ބުރުގާ އެޅިކަން ޔަގީންވެއްޖެ
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި އިންފްލުއެންސަރ އައިމިނަތު ރަޝްފާ (އާޝާ) ބުރުގާ އަޅައިފިކަން ދާދި ފަހުން އޭނާ އިންސްޓަގްރާމް ސްޓޯރީއަށް ދޫކޮށްލި ފޮޓޯތަކުން ޔަގީންވެއްޖެއެވެ.
Advertisement

އާޝާ ވަނީ އުމްރާއަށް ގޮސް ރާއްޖެ އެނބުރި އައިސްފައެވެ. އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަލީ ހަބިސްގެ އުފަންދުވަހުގެ ކޭކު ކާންދޭ ފޮޓޯތަކުގައި އާޝާ ހުރީ ބުރުގާ އަޅައިގެންނެވެ.

އޭނާ އުމްރާއަށް ގޮސް ސޯޝަލް މީޑިއާގައި އޭނާ ދޫކޮށްލި ފޮޓޯތަކުގައި ފެންނަނީ ކަޅު އަބާޔާއާއެކު ގެފުޅު ކުރިމަތީގައި ހުރި މަންޒަރެވެ. މީގެ އިތުރުން މައްކާގެ ރީތި މަންޒަރުތަކެއްވެސް އާޝާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

your imageއާޝާ އުމްރާގައި

އާޝާގެ އިންސްޓަގްރާމް އެކައުންޓުން އުމްރާއާ ގުޅުންހުރި ޕޯސްޓުތައް ފިޔަވައި ކުރިން ހުރި އެހެން ހުރިހާ ފޮޓޯތަކެއް ވަނީ ނަގާފައެވެ.

 އާޝާ ބުރުގާ އެޅުމަށް ނިންމުމަކީ ގިނަ ބަޔަކު އުފާކުރާ ކަމެއްކަން ސޯޝަލް މީޑިއާގެ ކޮމެންޓުތަކުން ފާހަގަކުރެވެއެވެ.

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް