ads
ބެންކޮކް
ބެންކޮކް ދަތުރު އާއިލާއަށް ފޮރުވަން ޕާސްޕޯޓުން ގަނޑު ނެއްޓި އިންޑިއާ މީހަކު ހައްޔަރުކޮށްފި
އިންޑޮނޭޝިއާއިން އައި 51 އަހަރުގެ އިންޑިއާ މީހަކު ޕާސްޕޯޓުން ގަނޑުތަކެއް ނައްޓާލާފައިވާތީ ހައްޔަރުކޮށްފިއެވެ.
Advertisement

ޕޫނޭއަށް ނިސްބަތްވާ ވީކޭ ބަލެރާއޯ ހައްޔަރުކޮށްފައިވަނީ ޗަޓްރަޕަތި ޝިވާޖީ މަހަރާޖް އިންޓަނޭޝަނަލް އެއަޕޯޓުންނެވެ. އިމިގްރޭޝަން އޮފިޝަލުން ބެލިބެލުމުން އޭނާގެ ޕާސްޕޯޓުން ގަނޑުތަކެއް މަދުވާކަން ފާހަގަކުރެވުނެވެ.

ބަލެރާއޯގެ ޕާސްޕޯޓުން މަދުވެފައިވަނީ 17/18 އަދި 21 އިން 26 އަށް ހުރި ގަނޑުތަކެވެ. މި ގަނޑުތަކުގައި 2024 ވަނަ އަހަރު ބެންކޮކަށް ކުރި ހަތަރު ދަތުރެއްގެ އިމިގްރޭޝަން ތައްގަނޑުތައް ޖަހާފައިވެއެވެ. ސުވާލުކުރުމުން ބަލެރާއޯ އިއުތިރާފުވެފައިވަނީ އޭނާ ބެންކޮކަށް ކުރި ދަތުރުތައް އާއިލާއިން ފޮރުވުމަށްޓަކައި ޕާސްޕޯޓުން އެ ގަނޑުތައް ނައްޓާލާފައިވާ ކަމަށެވެ.

ބަލެރާއޯގެ މައްޗަށް ދައުވާކޮށްފައިވަނީ ޕާސްޕޯޓު ހަލާކުކުރުމުގެ ކުށުން ޕާސްޕޯޓް އެކްޓް 1967 ގެ ސެކްޝަން 12 ގެ ދަށުންނާއި، މަކަރާއި ހީލަތުގެ ތުހުމަތުގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު ރާޖިވް ރަންޖަން ކުމާރު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް