ads
ޑޮކްޓަރު
އިންޑިއާގައި ޑޮކްޓަރަކު ކުޑަ ކުއްޖަކަށް ސިނގިރޭޓު ބޯންދިން މައްސަލަ ބަލަނީ
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖަލައުން ސަރަހައްދުގައި ހުންނަ ހެލްތު ސެންޓަރެއްގައި މަސައްކަތްކުރާ ޑޮކްޓަރަކު 5 އަހަރުގެ ކުއްޖަކަށް ރުއްސާލުމުގެ ފަރުވާއެއްގެ ގޮތުން ސިނގިރޭޓު ބޯންދިން މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
Advertisement

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ޑޮކްޓަރު ސުރޭޝް ޗަންދްރާ ވަނީ ޑިސްޓްރިކްޓް ހެޑްކުއާޓަރަށް ބަދަލުކޮށްފައެވެ.

ވީޑިއޯގައި ފެންނަނީ ޑޮކްޓަރު ސިނގިރޭޓެއް ރޯކޮށް، ކުޑަކުއްޖާއަށް ދީ، އެ ބުއިމަށް އަންގާ މަންޒަރެވެ. ޑޮކްޓަރު ބުނެފައިވަނީ މިއީ ކުއްޖާގެ ކެއްސުން ރަނގަޅުކުރުމަށް ކުރާ ފަރުވާއެއް ކަމަށެވެ. ކުއްޖާގެ އާއިލާއިން ޑޮކްޓަރަށް 100 ރުޕީޒް ދީފައިވާކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ މި ނިމުނު މާޗު މަހުހެ 28 ވަނަ ދުވަހުއެވެ. ނަމަވެސް މި މައްސަލަ ބަލަން ފެށީ ބުރާސްފަތި ދުވަހުއެވެ. 

ޗީފް މެޑިކަލް އޮފިސަރު ޑޮކްޓަރު ނަރެންދްރަ ދޭވް ޝަރުމާ ވިދާޅުވީ މި މައްސަލަ ބެލުމަށް އެޑިޝަނަލް ސީއެމްއޯ ޑޮކްޓަރު އެސްޑީ ޗައުދަރީގެ ލީޑަރޝިޕްގެ ދަށުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި މި ތަހުގީގުގެ ރިޕޯޓު ސްޓޭޓް ގަވަރމަންޓަށް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. ޑޮކްޓަރު ޗަންދްރާއަކީ މީގެ ކުރިންވެސް ޖިސްމާނީ އަނިޔާއެއްގެ ޝަކުވާއަކާ ގުޅިގެން އެ ސެންޓަރުން ވަކިކުރެވިފައިވާ މީހެކެވެ. ޝަރުމާ ވިދާޅުވީ މިފަދަ ހާދިސާތައް ދެން ތަކުރާރުވިޔަ ނުދިނުމަށް ހަރުކަށި އިރުޝާދުތައް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް