ads
އައިޝްވާރިއާ އަދި އަބިޝެކް: ފޮޓޯ ދަ ހިންދޫ
ވަރީގެ އަޑުތައް ގަދަވެފައި ވަނިކޮށް އައިޝްވާރިއާއި އަބީޝެކް އެކީގައި ނަށައިފި
ބޮލީވުޑްގެ މަޝްހޫރު ޖޯޑު އައިޝްވާރިއާ ރާއި އަބިޝެކް ބައްޗަން އެކުގައި ދަރިފުޅު އާރަދިޔާއާއެކު "ކަޖްރާ ރެ" ލަވައަށް ނެށި މަންޒަރު ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.
Advertisement

ޕޫނޭގައި ބޭއްވުނު އާއިލީ ކައިވެންޏެއްގައި ނަގާފައިވާ މި ވީޑިއޯ ފުރަތަމަ ހިއްސާކޮށްފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް ފަހުން މިއީ އެތައް މިލިއަން މީހުން ބަލާ މަޝްހޫރު ވީޑިއޯއަކަށް މިހާރު ވަނީ ވެފައެވެ. މިކަން މިހާ ބޮޑަށް ސަމާލުކަން ލިބިފައިވަނީ ދެމަފިރިންގެ ވަރީގެ އަޑުތައް ފެތުރިފައިވާތާ ގިނަ ދުވަސްތަކެއް ނުވަނީސް ދެމީހުން އެކުގައި އުފަލުން ނަށާތަން ފެންނާތީއެވެ. 

ބައްޗަން ޒަވާޖީ ގުޅުމަށް ބުރޫއަރާފައިވާ ކަމުގެ އަޑުތައް ފަތުރަން ފެށީ ދެމަފިރިން އެކުގައި ގިނަ ހަރަކާތްތަކުގައި ބައިވެރިނުވާތާ ދުވަސްތަކެއް ވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް މި ވީޑިއޯގައި ދެމަފިރިން އަދި 12 އަހަރުގެ އަންހެން ދަރިފުޅު އެކުގައި ނަށަނީ "ބަންޓީ އައުރު ބަބްލީ" (2005) ފިލްމުގައި ހިމެނޭ މަޝްހޫރު ލަވައެއް ކަމަށްވާ "ކަޖްރާ ރޭ" އަށެވެ.

ހާއްސަކޮށް މި ފިލްމުގައި އަސްލު ނަށަނީ އައިޝްވާރިއާ، އަބިޝެކް އަދި އަމިތާބް ބައްޗަން ކަމުން މި ވީޑިއޯ އިތުރަށް ހިތްގައިމުވެ، ނޮސްޓެލްޖިކް ކަމެއް ގެނެސްދީފައިވެއެވެ.

ވަރީގެ އަޑުތަކާ ދެކޮޅަށް މި ވީޑިއޯ އިން ދޭ ޖަވާބު އެތައް ބަޔަކު ފާހަގަކޮށްފައިވެއެވެ. "އެމީހުން އެކުގައި މިގޮތަށް ދެކެން ވަރަށް އުފާވާ،" ކަމަށް ބައެއް މީހުން ބުނިއިރު، މިފަދަ އުފާވެރި ވަގުތެއް ހިއްސާކޮށްފައިވާތީ އެތައް ބަޔަކު އުފަލުން އަދި ލޯތްބުން ފުރިފައިވާ ކޮމެންޓްތައް ދޫކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް