
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ވޯޓިން ސިސްޓަމަށް މައްސަލަ ޖެހިފައިވާކަމަށެވެ. އެހެންކަމުން ވޯޓް ނަގާނީ ނަން އަހައިގެން ވަކިވަކިން ކަމަށެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށައެޅި ބިލް އިއްޔެ މަޖިލިހަށް ބަލައިގަނެ ޖުޑީޝަރީ ކޮމިޓީން ބިލް ދިރާސާކުރުމުގެ މަސައްކަތް އެއް ގަަޑިއިރުގެ ތެރޭގައި އިއްޔަ ވަނީ ނިންމާފައެވެ. އަދި ކޮމެޓީން ފާސްކޮށްފައިވަނީ ބިލް ހުށައެޅި ގޮތަށެވެ.
މިއަދުގެ މަޖިލިހުން ބިލް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުވާނުލެވޭކަމަށް ކަނޑައަޅާދޭން ވަގުތީ އަމުރެއް ނެރެދިނުމަށް ސުޕްރީމްކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ވަނީ ތާވަލުކޮށްފައެވެ. މި އަޑުއެހުން އޮންނާނީ މިއަދު 11:00 ޖަހާއިރުއެވެ.
ކެންދޫ ދައިރާގެ މެމްބަރު މައުރޫފް ޒާކިރު މަޖިލީހުން ނެރެނީ
ސުޕްރީމްކޯޓުގެ ފަނޑިޔާރުން މަދުކުރުމާއި ގުޅޭގޮތުން ހުށައެޅި ބިލަށް ދެކޮޅޫ ހެދުމުގެ ގޮތުން އެމްޑީޕީން މެމްބަރުން ގެންދަަނީ މަޖލިޙުގައި އިހްތިޖާޖުކުރަމުންނެވެ. ބިލަށް ވޯޓަށް އަހާފައިވަނީ އެމްޑީޕީގެ ތިން މެމްބަރެއްގެ ނަން އިއްވާ އެ މެމްބަރުން މަޖިލީހުން ނެރުމަށްފަހުއެވެ.