
މީ އޭނާގެ އެކްސް އެެކުންޓް ޑިލީޓްކޮށްލި ދެވަނަ ފަހަރެވެ. އޭނާ އެކައުންޓް ޑިލީޓްކޮށްލީ ނާޒީ ފިކުރު ޕްރޮމޯޓުކުރާ އެއްޗެހިތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކުުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ ހޫނު ފެންނަށް ވެއްޓުމުންނެވެ.
މީގެކުރިންވެސް ކާންޔޭ ވަނީ އޭނާގެ އެކްސް އެކައުންޓް ވަނީ ޑިލީޓްކޮށްފަައެވެ.
ހުޅަނގުގެ ގައުމުތަކުގެ ގިނަ ބަޔަކު ނާޒީ ފިކުރާއި ދެކޮޅު ނަމަވެސް ކާންޔޭ އަންނަނީ ނާޒީ ފިކުރާއި އެ ފިކުރުގެ ބާނީއަށް އެޑޮލްޕް ހިޓިލަރަށް ފާޅުގައި ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ. އެނާ ބުނީ ނާޒީ ފިކުރުގެ ވިސްނުންތަކާއި ގުޅިގެން މިހާތަނަށް އޭނާ ދައްކާފައިވާ އެއްވެސް ވާހަކައަކަށް ދެރެ ނުވާކަމަށާއި އެ ވާހަކަތަކަށް މާއާފަށްވެސް ނޭދޭނެކަމަށެވެ.
ނާޒީ ފިކުރުގެ ބާނީ ހިޓްލަރަކީ ޔާހޫދީންނާއި ދެކޮޅުމީހެކެވެ. އޭނާ ވަނީ ޔަހޫދީން ނައްތާލުމުގެ އިންގިލާބެއް ފަށާ އެތައް މިލިޔަން ޔަހޫދީންނެއް މަރާލާފައެވެ. ހިޓްލަރު މަރުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ.