އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސް އޮންނާނީ މިރޭ އިޝާނަމާދަށް ފަހުގައިކަމަށެވެ.
އިނގިރޭސި ބަހުން ކުރިއަށް ގެންދާ މި ދަރުހުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލްކުރުމަށް އޮތް ހަގީގީ މަގާއި ގުޅޭ ގޮތުންކަމަށް މިނިސްޓްރީން ބުނެއެވެ.
ޝައިހް އިސްމާއިލް ބުއްލަކްގެ ހާއްސަ ދަޢުވާ ވޯކްޝޮޕެއްވެސް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި މިފަހަރު އައްޑޫގައި މިސްކިތުގެ އިމާމުންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.