ads
ފޮޓޯ: ތެލެސީމިއާ ސެންޓަރު
ކާމިޔާބުކަމާއި އެކު ބޯންމެރޯ ހަދާ 6 ކުއްޖަކު ރާއްޖެއަށް
ދައުލަތުގެ ހަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަންދިޔަ 6 ކުއްޖަކު ކާމިޔާބުކަމާއެކު އެ ޓްރާންސްޕްލާންޓް ނިންމާ އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
Advertisement

ތެލެސީމިއާ ބައްޔަށް ފަރުވާ ކުރުމަށް ހަދާ ބޯން މެރޯއަކީ އާސަންދައިގެ ދަށުން ހިލޭ ހޯދޭ ފަރުވާއަކަށް ހަދަން މި ސަރުކާރުން ނިންމީ 2023 ގައެވެ. އެއާއި އެކު އެ ފަރުވާއަށް 6 ކުއްޖަކު ރާއްޖެއިން ބޭރަށް ފުރީ މިދިޔަ އަަހަރުގެ ތެރޭގައެވެ. 

މޯލްޑިވްސް ބްލަޑް ސާވިސްއިން  އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދައުލަތުގެ އެހީގައި ބޯންމެރޯ ހެދި 6 ކުދިން އެނބުރި ރާއްޖެ އައިސްފައިވާކަމަށެވެ. އަދި އެކަމަކީ ސަރުކާރުން ތެލަސީމިއާ ކުދިންނަށް އިތުރު ފަރުވާ ހޯދައިދިނުމަށް ކުރާ މަސައްކަތް ފެނިގެންދާ ކަމެއް ކަމަށްވެސް އެ ޕޯސްޓްގައިވެއެވެ. 

މެދުކެނޑިފައި އޮތް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު މިދިޔަ އަހަރުގެ ތެރޭގައި އަލުން ފަށައި، 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ހެލްތް މނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.  ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ކުދިން ބޯންމެރޯ ހަދަން ފޮނުވުންކަމަށާއި މިވަގުތު ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން ލިސްޓު ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. 

ރައީސްގެ ވައުދާ އެއްގޮތަށް، ހުޅުމާލޭގައި ތަރައްގީ ކުރާ ތެލެސީމިއާ ހޮސްޕިޓަލުގައި ބޯންމެރޯ ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މިއީ ރާއްޖޭގައި ތިބެގެން މި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް ކަމެކެވެ. މިހާރު ރާއްޖޭގައި 655 ތެލެސީމިއާ ބަލި މީހުންނާއި ކުދިން ތިބިކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް