ރޭ ލީގުގައި، ލިވަޕޫލް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ފަހު ވަގުތު ލިވަޕޫލްގެ ދެ ލަނޑުވެސް ބްރެންފޯޑް ކޮޅަށް ޖެހީ ޑާވިން ނޫނޭޒްއެވެ. އެއީ އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ލަނޑެވެ. މި މޮޅާއެކު، ލިވަޕޫލަށް ހަ ޕޮއިންޓްގެ ލީޑެއްވަނީ ލިބިފައެވެ.
ދެ ވަނައިގައި އޮތް އާސެނަލުން ރޭވަނީ އެސްޓަން ވިލާއާ ކުޅުނު މެޗު އެއްވަރުވެފައެވެ. ދެ ލަނޑުން ކުރީގައި އޮތް މި މެޗުގައި ވިލާއިން ފަހަތުން އަރައި ދެ ލަނޑު ޖެހުމާއެކު އާސެނަލްއަށް މުހިއްމު ޕޮއިންޓްތަކެއް ގެއްލުނީއެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ 21 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. އާސެނަލް ދެ ވަނައިގައި އޮތީ 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލަށް އިތުރު މެޗެއް އޮތުމުން އެ ޓީމަށް އަދިވެސް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.