ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މުއްދަތު ޖެހީ ބުރާސްފަތި ދުވަހު އެވެ. މި ދެ މީހުން ހައްޔަރުކުރީވެސް ކޯޓު އަމުރަކަށެވެ.
ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި އޮތް ކާރެއްގައި އަލިފާން ރޯކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:25 ހާއިރު ކަމަށް ފުލުހުން ކުރިންވަނީ ބުނެފައެވެ. އެ މައްސަލާގައި ހައްޔަރުކުރީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު 35، އާއި އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމް 31، އެވެ.