ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މި މަހު 20 ވަނަދުވަހުގެ ރެއެވެ.
މި ދަތުރުފުޅުގައި، ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ވަނި ބުނެފައެވެ.
މި ދަތުރާއި ގުޅޭ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ރައީސް ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ.