
ރައީސް މިހެން ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ރާއްޖެ އިން ބައިވެރިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ އުމުރުން 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމް އެވެ.
ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.
ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއިން ބައިވެރިވުން ކުށްވެރިކޮށް، އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެކަން ހުއްޓާލަން ގޮވައިލައިފަ އެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން ވަނީ، އެ މުބާރާތުގައި ދިވެއްސަކު ބައިވެރިވުމުގައި، ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ މޭރުމަކުން ހަބަރު ފަތުރަމުން އަންނަ ކަމަށެވެ.
މިސް ޔުނިވާސް މުބާރާތް އޮންނާނީ އަންނަ މަހުގެ 16 ގައި މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގަ އެވެ.
މިސް ވޯލްޑް ފިޔަައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ މިސް ޔުނިވާސް މުބާރާތުގައި 130 އަށް ވުރެ ގިނަ ގައުމުން ވާދަކުރެ އެވެ.