ads
އީރާނުން މިރޭ އިސްރާއީލަށް 250 އަށް ވުރެ ގިނަ މިސައިލް ފޮނުވާލި
އީރާނުގެ މިސައިލް ހަތިޔާރުން އިޒްރާއީލަށް ހަމަލާދޭން ފަށައިފި
އީރާނުގެ މިސައިލް ހަތިޔާރުން އިޒްރާއީލަށް ހަމަލާދޭން ފަށައިފި ފަށައިފި އެވެ.
Advertisement

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުގެ މެދުތެރޭގެ ހިސާބުތަކަށް އަމާޒުކޮށް އިރާނުން ވަނީ 100 އަށް ވުރެ ގިނަ ވައިގެ ހަމަލާ ފޮނުވާލާފަ އެވެ. ހުއްޓުމެއް ނެތި އިރާނުން އިޒްރޭލަށް ފޮނުވަމުންދާ ވައިގެ ހަމަލާތަކާއެކު މުޅި އިޒްރޭލު މިވަގުތު އޮތީ އެލާޓުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުން މިރޭ އިސްރާއީލަށް 250 އަށް ވުރެ ގިނަ މިސައިލް ފޮނުވާލި ކަމަށް އިރާނުގެ އިސްލާމިކް ރެވެލޫޝަނަރީ ގާޑުން ވަނީ ބުނެފަ އެވެ.

އިޒްރޭލު ފައުޖުން ބުނީ, އީރާނުން މިސައިލްތަކެއް އުދުއްސައިލުމާ އެކު އިސްރާއީލުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު ޖަހަމުންދާ ކަމުގަ އެވެ. އަދި, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައި, ޔަހޫދީ އާންމުން ބޮން ޝެލްޓާތަކަށް ވަދެ ފިލަން ފަށާފައިވާ ކަމުގަ އެވެ.

އީރާނުން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް އިޒްރޭލަށް އެތައް ސަތޭކަ މިސައިލަކާއި ޑްރޯނުން ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގެ 99 ޕަސެންޓް އިންޓަސެޕްޓްކޮށް އެ ހަމަލާތައް ނާކާމިޔާބުކޮށްލެވުނެވެ.

އެކަމަކު މިހާތަނަށް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމްތަކަށް އިންޓަސެޕްޓް ނުކުރެވުނު އެތައް ހަމަލާއެއް އިޒްރޭލުގެ އެކި ހިސާބުތަކަށް ވަނީ ފޯރައިފަ އެވެ.

އީރާނުން މިރޭ އިޒްރޭލަށް ހަމަލާދީ ބިރުދައްކާފައި މިވަނީ އިޒްރޭލް ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރަމުންދާ ގަނޑިވަޅެއްގައި އެވެ. ލުބުނާންގެ ވެރިރަށާއި އެހެން ސަރަހައްދުތަކަށް އިޒްރޭލުން ދެމުންދާ ބޮމުގެ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދެ އެވެ. އަދި އެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެ ހާލުގައި ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

މީގެ އިތުރަށް އިޒްރޭލުން ރޭ ވަނީ ސީރިޔާގެ ވެރިރަށް ދިމިސްގަށް ވެސް ވެސް ހަތަރު ފަހަރަށް ބޮން އަޅައިފަ އެވެ. 

ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލުން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ. އިޒްރޭލުން ބުނީ ބެއިރޫތުގައި ހުންނަ ހިޒްބުﷲގެ މައި މަރުކަޒަަށް ދިން ހަމަލާގައި ނަސްރުﷲގެ އިތުރުން އެހެން އިސް ބޭފުޅެއް ކަމަށްވާ އަލީ ކަރާކީ ވެސް އަވަހަރާވި ކަމަށެވެ. 

މީގެ ދުވަސްތަކެއް ކުރިން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވެސް އިޒުރޭލުން ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލީ އީރާންގަައި ހުއްޓައި އިޒުރޭލުން ދިން ހަމަލާއެއްގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް