ރިޕޯޓްތައް ބުނާ ގޮތުން މި މުބާރާތް ނޭޕާލުން ކެންސަލް ކުރީ، ރާއްޖެއަށް އެ މުބާރާތަށް ދައުވަތު ފޮނުވައި، އަދި އެ ދައުވަތު ރާއްޖޭން ގަބޫލުވެސް ކޮށްފައިވަނިކޮށެވެ.
ނޭޕާލުން މި މުބާރާތް ކެންސަލް ކުރި ސަބަބެއް ނޭނގެއެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ނޭޕާލުން އަންނަނީ އެހެން ގައުމެއްގައި ކުޅޭ މުބާރާތެއްގައި ބައިވެރިވާން މަސައްކަތް ކުރަމުންނެވެ.
ރާއްޖޭން އެންމެ ފަހުން އިންވިޓޭޝަން ކަޕެއްގައި ކުޅުނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރުގައި، ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް އެވެ.